ޕީޔޫއައިސީގެ މެންބަރެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ހަމަޖެހިއްޖެ

އިންޑޮނީޝިއާގެ ޕަލެންބަންގް ގައި މިހާރު ކުރިއަށްދާ ޕީޔޫއައިސީގެ 7 ވަނަ ސެޝަންގައި 30 ޖެނުއަރީ 2012 ވީ ހޯމަދުވަހު ޕީޔޫއައިސީގެ މެންބަރެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ހަމަޖެހިއްޖެއެވެ. މިގޮތަށް ހަމަޖެހުނީ އެ ބައްދަލުވުމަށް ވަޑައިގެންނެވި ޕީޔޫއައިސީގެ މެންބަރު ގައުމުތަކުގެ އިއްތިފާޤުންނެވެ.

ޕީޔޫއައިސީއަކީ އިސްލާމީ ގައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތައް ބައިވެރިވާ ޖަމްޢިއްޔާއެކެވެ. މިޖަމްޢިއްޔާގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމަށް 13 ޑިސެމްބަރ 2011 ވީ އަންގާރަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

އިންޑޮނީޝިއާގައި ކުރިއަށްދާ ޕީޔޫއައިސީގެ 7 ވަނަ ބައްދަލުވުން އިފްތިތާޙް ކޮށްދެއްވީ އިންޑޮނީޝިއާގެ ރައީސް ހިޒްއެކްސެލެންސީ ޑޮކްޓަރ ސުސިލޯ ބަންބަން ޔުދިޔޯނޯ އެވެ. އިފްތިތާޙީ ޖަލްސާ ބޭއްވުނީ އިއްޔެ 30 ޖެނުއަރީ 2012 ވީ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

8 ރަބީޢުލްއައްވަލް 1433

31 ޖެނުއަރީ 2012