ނޫސް ބަޔާން

މިވަގުތު ރާއްޖޭގައި ހިގަމުންމިދާ ސިޔާސީ ހަލަބޮލިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކަމެއް ނުކުރާ ކަމުގައި ވިދާޅުވެ ބައެއް ފަރާތް ތަކުން ދައްކަވާ ވާހަކަފުޅުތަކާއި ގުޅިގެން ދަންނަވަމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ ބާރު ލިބިގެންވާ ފަރާތްކަމުގައި ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނުހެދުމުގެ ޢާއްމު ބާރުތަކުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބު ދާރީ ކުރުވުމުގެ ބާރު ލިބިދީފައިވެއެވެ. އަދި މިކަންކަން ކުރުމަށްޓަކައި  ޤާނޫނުއަސާސީއާއި ޤާނޫނުގައި ވާ ގޮތުގެ މަތީން ފިޔަވަޅުއެޅުންވެސް ލާޒިމުކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީގައި ބަޔާން ވެގެންވާ މިދެންނެވި ބާރުތަކުގެ ބޭނުންހިފައި މަސައްކަތް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރަނީ މަޖިލީހުގެ ތަފާތު ކޮމިޓީތަކުންނެވެ.

ރާއްޖެއަށް މިވަގުތު ދިމާވެފައިވާ މައްސަލައާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން ދަނީ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން  ނިމިގެންދިޔަހަފްތާގެ ތެރޭގައިވެސް ގައުމީ ސަލާމަތުގެ ކޮމިޓީންވަނީ ދެބައްދަލުވުމެއް ބާއްވާފައެވެ. އަދި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މާދަމާވެސް ބައްދަލުވުމެއް ބޭއްވުމަށް މިހާރުވަނީ އިންތިޒާމް ކޮށްފައެވެ. މިކަންކަމަކީ މަޖިލީހުގެ މެންބަރުންގެ އިސްނެންގެވުމާއެކު ކުރެވޭ އަދި ކުރެވެންހުރި ކަންކަމެވެ.

މިފަދަ ޚުތޫރަތްތެރި ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާކުރުމުގައި ޤާނޫނުއަސާސިއާއި ޤާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ އިމުގެ ތެރޭގައި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުން ގެންދާނެއެވެ.

 

26 ޞަފަރު 1433

20 ޖެނުއަރީ 2012