ކޮމަންވެލްތް ގައުމު ތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި ޕްރެސައިޑިންގް އޮފިސަރސްގެ 21 ވަނަ ކޮންފަރެންސް އިފްތިތާޙު ކުރައްވައިފި

ކޮމަންވެލްތް ގައުމު ތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި ޕްރެސައިޑިންގް އޮފިސަރސްގެ 21 ވަނަ ކޮންފަރެންސް 9 ޖެނުއަރީ 2011 ވީ ހޯމަދުވަހުގެ ހެނދުނު 9:00 ގައި ޓްރިނިޑޭޑް އެންޑް ޓޮބޭގޯގެ ވެރިރަަށް ޕޯޓް އޮފް ސްޕެއިން ގައި އިފްތިތާޙު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވިއެވެ.

ކޮމަންވެލްތް ސްޕީކަރސް އެންޑް ޕްރެސައިޑިންގް އޮފިސަރސްގެ ގެ 21 ވަނަ ބައްދަލުވުން އިފްތިތާޙް ކޮށްދެއްވީ ޓްރިނިޑޭޑް އެންޑް ޓޮބޭގޯގެ ރައީސް އޮނަރަބަލް. ވޭޑް މާކްއެވެެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މި ކޮންފަރެންސްގައި ބައި ވެެރިވެވަޑައިގަންނަވާ ހުރިހާ ޤައުމުތަކުގެ ސްޕީކަރުންނަށާއި ވަފްދު ތަކަށް މަރުޚަބާ ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި އެ ޤައުމުގެ އެކްޓިންގ ޕްރައިމް މިނިސްޓަރ އާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރއާއި ސެނެޓްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޓްރިނިޑޭޑް އެންޑް ޓޮބޭގޯއަކީ 2 ގޭގެ މައްޗަށް އެކުލެވިގެންވާ ބައިކެމެރަލް ޕާލިމެންޓެއް އޮންނަ ގައުމެކެވެ.