ކޮމަންވެލްތް ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ސްޕީކަރުންގެ 21 ވަނަ ބައްދަލުވުމުގެ ފުރަތަމަ ދުވަހު ބޭއްވުނު ދެވަނަ ވޯރކްޝޮޕްގެ ރިޕޯޓް ކޮންފަރެންސްގެ ޢާންމު ބައްދަލުވުމަށް މަޖިލީހުގެ ރައީސް ހުށަހަޅުއްވައިދެއްވައިފި

ޓްރިނިޑާޑް އެންޑް ޓުބޭގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ސްޕީކަރުންގެ 21 ވަނަ ބައްދަލުވުމުގެ ފުރަތަމަ ދުވަހު ބޭއްވުނު ދެވަނަ ވޯރކްޝޮޕްގެ ރިޕޯޓް ވޯކްޝޮޕްގެ ބައިވެރިންގެ ފަރާތްޕުޅުން ކޮންފަރެންސްގެ ޢާންމު ބައްދަލުވުމަށް އިއްޔެ 10 ޖެނުއަރީ 2012 ވީ އަންގާރަދުވަހު، ހުށަހަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މައުލޫޢަކީ ސަރުކާރު ޖަވާބުދާރީކުރުވުން މި މައިގަނޑު މައުލޫއެވެ. ވޯކްޝޮޕްގައި މި މައިގަނޑު މައުލޫޢުގެ މައްޗަށް ދެކަރުދާހެއް ހުށަހެޅުނެވެ. ފުރަތަމަ ކަރުދާހަކީ ޕާލަމެންޓްގެ ދައުރާ ބެހޭގޮތުން ހުށަހެޅުނު ކަރުދާހެވެ. ދެވަނަ ކަރުދާހަކީ ފުރިހަމައަށް ޕާލަމެންޓްގެ ދައުރު އަދާކުރާނެ ގޮތާ ބެހޭގޮތުން ހުށަހެޅުނު ކަރުދާހެވެ.

ވޯކްޝޮޕްގެ ރިޕޯޓް ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވި ކަންތައްތަކުގެ މައްޗަށް ޢާންމު ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

17 ޞަފަރް 1433

11 ޖެނުއަރީ 2012