މަޖިލީހުގެ މުވައްޒަފުން ސްރީލަންކާގެ ޕާރލިމަންޓްގައި ތަމްރީންކުރެވެނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 5 މުވައްޒަފަކު މި ޑިސެމްބަރު 1 ން 5 ށް ސްރީލަންކާގެ ޕާރލިމަންޓްގައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް އެބަގެންދެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ސްރީލަންކާގެ ޕާރލިމަންޓާއި ގުޅިގެން ކުރިއަށްގެންދެވޭ އެއްހަފްތާގެ މިތަމްރީނުގައި ލަންކާގެ ޕާރލިމަންޓްގެ ސެކްރެޓޭރިއަޓްގައި މަސައްކަތް ރޭވި ހިނގާގޮތުގެ މަޢުލޫމާތު އޮޅުންފިލުވައި ތަޖުރިބާ ހިއްސާކުރާނެއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް ކޮމިޓީތަކުގެ މަސައްކަތް ހިންގޭގޮތާއި ލިޔެކިއުންތައް ބެލެހެއްޓޭގޮތާއި، މަސައްކަތުގެ ކަންކަން އިންތިޒާމްކުރެވިފައިވާ ގޮތުގެ މަޢުލޫމާތުވެސް ދަސްކުރާނެއެވެ.

މިތަމްރީން ޕްރޮގްރާމްގެ މަޤްސަދަކީ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ފަންނީ ހުނަރުމަތިކޮށް މަސައްކަތްތަކުގެ ޢަމަލީ ތަޖްރިބާ ހާޞިލްކުރުމެވެ.