ގަަވައިދު ކޮމިޓީގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގެ ބައްދަލުވުން މިއަދު ހެނދުނު 11:05 ން 11:25 އަށް ކުރިއަށް ގެންދަވައިފިއެވެ. މިކޮމިޓީގެ ބައްދަލުވުމުގައި، ބޭހާ ބެހޭ ގަވާއިދަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ގެންނަން ފެންނަ އިޞްލާހުތަކާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މި ގަވާއިދުގެ 5 ވަނަ މާއްދާގެ 5.3 އަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް އިޞްލާޙެއް ހުށަހަޅުއްވާފައިވެއެވެ. އަދި މިހުށަހެޅުއްވި އިޞްލާޙާއިމެދު ގޮތެއް ނިންމަވާނީ ހެލްތު މިނިސްޓްރީން މި މާއްދާގަވާ ޓެސްޓުގެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހުގައި ކަމަށް ނިންމެވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް އެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދް އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ.

 

4 ޞަފަރު 1433

29 ޑިސެމްބަރ 2011