ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލު މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މުޅި މަޖިލީހުގެ ކޮމިޓީން ގެންނެވި އިޞްލާހުތަކާއެކު ފާސްކުރައްވައިފި

ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލު މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މުޅި މަޖިލީހުގެ ކޮމިޓީން ގެންނެވި 3 އިޞްލާހާއެކު މިއަދު ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ޢިއްތިފާގުންނެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލަށް 83 ވަނަ މާއްދާގެ (ނ) ގެ ދަށުން 3 އިޞްލާޙު ހުށަހެޅި ފާސްކުރައްވާފައިވެއެވެ.

 

2 ޞަފަރް 1433

27 ޑިސެމްބަރ 2011