ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 30 ވަނަ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން 11:00 އަށް ޖަލްސާ ފަސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާ ރިއާސަތުން ފަސްކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، 5 މިނެޓް ވީއިރުވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ޢަދަދަށް މެންބަރުން ޙާޒިރުވެވަޑައި ނުގެންނެވުމުގެ ސަބަބުންނެވެ.
މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ރިޔާސަތުން ނިންމަވާލެއްވިއިރު ޙާޒިރުވެވަޑައިގެންތިއްބެވީ 19 މެންބަރުންނެވެ.
2 ސަފަރު 1433
27 ޑިސެމްބަރ 2011