ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ 29 ވަނަ ޖަލްސާ މާދަމާ މެންދުރު 1 ޖަހާއިރު އޮންނާނެ ކަމަށް ރިޔާސަތުން އިއުލާނުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 29 ވަނަ ޖަލްސާގައި އޮންނާނީ 26 ޑިސެމްބަރ 2011 ވާ ހޯމަދުވަހު މެންދުރު 1 ޖަހާއިރުކަމަށް މަޖިލީހުގެ ރިޔާސަތުން ދެންމެ އިއުލާނުކުރައްވައިފިއެވެ.

މާދަމާގެ 1:00 ގައި ފަށާ މިޖަލްސާގައި އޮންނާނީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަށް ހުށަހެޅުނު އިޞްލާޙްތަކަށް ވޯޓަށް އެއްސެވުމާއި އެއަށްފަހު މުޅިބަޖެޓަށް ވޯޓަށް އެއްސެވުން ކަމުގައިވެސް ރިޔާސަތުން އިޢުލާންކުރެއްވިއެވެ.

2012 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާ ބެހޭގޮތުން ކުރެވޭ އެންމެ ފަހުގެ ބަހުސް މިހާރުވެސް މަޖިލީހުގައި ކުރިއަށްއެބަދެއެވެ.

30 މުހައްރަމް 1433

25 ޑިސެމްބަރ 2011