ކޯރަމް ހަމަނުވުމުގެ ސަބަބުން 9:30 އަށް ޖަލްސާ ފަސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 28 ވަނަ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން 9:30 އަށް ޖަލްސާ ފަސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާ ރިއާސަތުން ފަސްކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، 5 މިނެޓް ވީއިރުވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ޢަދަދަށް މެންބަރުން ޙާޒިރުވެވަޑައި ނުގެންނެވުމުގެ ސަބަބުންނެވެ.