އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ބިލު ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 27 ވަނަ ޖަލްސާގައި، އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ބިލު މަޖިލީހުން ގެންނެވި އިސްލާޙްތަކާއެކު މިއަދު ފާސްކުރައްވައިފިއެވެ.

އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ބިލު ފާސްކުރައްވާފައިވަނީ 72 މެންބަރުންގެ އިއްތިފާޤުންނެވެ.

މިއަދުގެ ޖަލްސާގައި އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން … އިޞްލާހަކަށް ވޯޓަށް އައްސަވައި … އިޞްލާހެއް ފާސްވެފައިވެއެވެ. އަދި 83 ވަނަ މާއްދާގެ (ށ) ގެ ދަށުން … އިޞްލާހަކަށް ވޯޓަށް އައްސަވައި … އިޞްލާހެއް ފާސްވެފައިވެއެވެ. މީގެއިތުރުން 83 ވަނަ މާއްދާގެ (ނ) ގެ ދަށުން  … އިޞްލާހަކަށް ވޯޓަށް އައްސަވައި … އިޞްލާހެއް ފާސްވެފައިވެއެވެ.

އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، 07 ޖޫން 2010 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާގައެވެ. އެ ބިލާމެދު މަޖިލީހުގެ ޖަލްސާގައި ބަހުސްކުރެއްވުމަށްފަހު ނިންމެވީ، މަޖިލީހުގައި މެންބަރުން ފާޅުކުރެއްވި ޚިޔާލުފުޅުގެ އަލީގައި އެ ބިލު އިޞްލާޙުކުރެއްވުމަށްޓަކައި 11 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވުމަށެވެ. އަދި ކޮމިޓީގެ މަސައްކަތް ނިންމެވީ، 25 އޮގަސްޓް 2011 ގައި ބޭއްވުނު  ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައެވެ.

26 މުޙައްރަމް 1433

21 ޑިސެމްބަރ 2011