ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 26 ވަނަ ޖަލްސާގައި، ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް ހުށަހެޅިފައިވާ އިޞްލާޙުތަކަށް ވޯޓަށް އެއްސެވުން ކުރިއަށް ގެންދަވައިފިއެވެ.
މިއަދުގެ ޖަލްސާ ރިއާސަތުން ނިންމަވާ ލެއްވިއިރު، ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 9 އިޞްލާހަކަށް ވޯޓަށް އައްސަވައި 3 އިޞްލާހެއް ފާސްވެފައިވެއެވެ. އަދި 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 13 އިޞްލާހަކަށް ވޯޓަށް އައްސަވައި 5 އިޞްލާހެއް ފާސްވެފައިވެއެވެ. މީގެއިތުރުން 83 ވަނަ މާއްދާގެ (ނ) ގެ ދަށުން 8 އިޞްލާހަކަށް ވޯޓަށް އައްސަވައި 5 އިޞްލާހެއް ފާސްވެފައިވެއެވެ.
މިއަދަކީ ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް ހުށަހެޅިފައިވާ އިޞްލާޙުތަކަށް ވޯޓަށް އެއްސެވި 4 ވަނަ ދުވަހެވެ. އެންމެ ފުރަތަމަ މިބިލަށް ހުށަހެޅިފައިވާ އިޞްލާޙުތަކަށް ވޯޓަށް އައްސަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 23 ވަނަ ޖަލްސާގައެވެ.