ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 25 ވަނަ ޖަލްސާގައި ޕާޓްނަރޝިޕް ބިލް އިޤްތިޞާދީ ކޮމިޓީން ނިންމެވި ގޮތަށް ފާސްކުރައްވައިފިއެވެ. މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ ތެރެއިން މިބިލު ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވީ 48 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާ 1 މެންބަރަކު ވޯޓުދެއްވާފައިވާއިރު، 19 މެންބަރަކު ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާގައި، މިބިލް މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް އެވެ.
24 މުހައްރަމް 1433
19 ޑިސެމްބަރ 2011