އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު އަނބުރާ އިޤްތިސާދީ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފިި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 25 ވަނަ ޖަލްސާގައި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު އިޤްތިޞާދީ ކޮމިޓީން ނިންމެވި ގޮތަށް މަޖިލީހުން ފާސްނުވުމުން، މަޖިލީހުގެ ގަވައިދުގެ 85 ވަނަ މާއްދާގެ (މ) ގައިވާ ގޮތުގެ މަތިން މިބިލު އަނބުރާ އިޤްތިސާދީ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފިިއެވެ. މިގޮތަށް ފާސްވީ އެވަގުތު ޖަލްސާއަށް ޚާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 62 މެންބަރުންގެ ތެރެއިން 57 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވުމުންނެވެ. ފެނިވަޑައިނުގަންނަވާ ކަމަށް 5 މެންބަރަކު ވޯޓުދެއްވާފައިރު، ވަކިފަރާތަކަށް ވޯޓުނުދެއްވާ 5 މެންބަރުން ތިއްބެވިއެވެ.

މިއަދުގެ ޖަލްސާގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް އެވެ.

 

24 މުހައްރަމް 1433

19 ޑިސެމްބަރ 2011