ރައްޔިތުންގެ މަޖިލީހުގެ 5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ ޤައުމީ ސަލާމަތުގެ ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ އާއި ގަވާއިދު ކޮމިޓީ އާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އަދި ދައުލަތުގެ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީ އެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:40 ގައެވެ. މިބައްދަލުވުމުގައި ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ބިލް ދިރާސާކުރައްވަމުންގެންދަވާ ގައުމީ ސަލާމަތުގެ ސަބް ކޮމިޓީ އަލުން އެކުލަވާލުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ބޭރު ޤައުމުތަކަށް ރާއްޖެ އިން ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް ދިރާސާކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް އެކުލެވޭ މައްސަލަތަކެއް ކަމުގައި ފާހަގަކޮށް އިޒްރޭލުގެ ގައުމީ އެއަރލައިންގެ ޕްލައިޓްތައް ރާއްޖެ ދަތުރުކުރުމުގެ ހުއްދަ ދެއްވުމާއި، ޅ.އަތޮޅު ދިއްފުށިމާދޫގައި ކުރިއަށްގެންދާ ޕްރޮޖެކްޓަކީ އިޒްރޭލުގެ މިލިޓަރީ ޕޯސްޓެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތެއްކަމުގައި ކުރެވޭ ތުހުމަތުތަކާއި، ދިވެހިރާއްޖޭގެ ބިން އިޒްރޭލުގެ މީހުންނަށް ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާ މައްސަލަ ބައްލަވައި ދެއްވުމަށާއި އަވަސް ފިޔވަޅުތަކެއް އަޅުއްވައިދެއްވުމަށް އެދިވަޑައިގެން އަދާލަތު ޕާޓީން ފޮނުއްވާފައިވާ މައްސަލަ އާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މިބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި. އޭނާގެ އެއްބަފާ ކޮއްކޯފުޅު މއ. ކާމިނީހުޅަނގުގޭގެ، އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގުޅިގެން ހިންގަވާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޙިޔާނާތުގެ މައްސަލަ އާއި ގުޅޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކޮމިޓީ އަށް ހާޒިރުކުރުމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހެޅުއްވި މައްސަލަ މަޝްވަރާ ކުރެއްވިއެވެ. ކޮމިޓީގެ މުޤައްރިރު ނިންމެވީ މައްސަލަ ދިރާސާކުރެއްވުމަށް އިތުރު ކޮމިޓީ އެއް ބޭއްވުމަށްފަހު ގޮތެއް ނިންމެވުމަށެވެ. މީގެއިތުރުން، މިބައްދަލުވުމުގައި 23 ޑިސެމްބަރ 2011 ވާ ހުކުރުދުވަހު މާލޭގައި ބާއްވަން އުޅޭ މުޒާހަރާތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފު އެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:15 ގައެވެ. މިބައްދަލުވުމުގައި ކޮމިޓީން ބެއްލެވީ ރިޕޯޓުގެ 6 ވަނަ ނަންބަރުން ފެށިގެން 8 ވަނަ ނަންބަރުގެ (ބ) ގެ ނިޔަލަށެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ހެންވޭރު ދެކުނު ދާއިރާމެންބަރު ހާމިދު ޢަބްދުލްޣަފޫރު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، މުލަކު ދައިރާގެ މެންބަރު އަބުދުﷲ ޔާމީން އަދި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ އެވެ.

ގަވާއިދު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:40 ގައެވެ. މި ބައްދަލުވުމުގައި ދިވެހި ރާއްޖޭގައި ‘ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު’ ދިރާސާކުރެއްވިއެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދް، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ އަދި އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް އެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ އެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 10:05 ގައެވެ. މިބައްދަލުވުމުގައިި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލުގެ މަސައްކަތް އެއްކޮށް ނިންމަވައި، މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ނިންމެވިއެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙްމީ، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ ޢާދަމް، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެވެ.

ދައުލަތުގެ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:50 ގައެވެ. މިބައްދަލުވުމުގައި މެންބަރުން ބަޖެޓަށް ހުށަހެޅުއްވި އިސްލާޙްތައް ބަލައިގެންނެވިއެވެ. އަދި ކޮމިޓީ އިން ބަޖެޓް ރިޕޯޓް ހުށަހެޅުއްވުމަށް ކަނޑައަޅުއްވާފައިވާ ތާރީޚް، 19 ޑިސެމްބަރ 2011 އަށް ފަސްކުރެއްވިއެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް, ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް, ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް, ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު, މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް، ކެލާ ދައިރާގެ މެންބަރު ޢަބްދުﷲ މައުސޫމް އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު އެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރަކީ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު އެވެ.

19 މުޙައްރަމް 1433

14 ޑިސެމްބަރ 2011