ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އޞްލާޙު ގެނެއުމުގެ ބިލު މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް މުޅި މަޖިލީހުގެ ކޮމިޓީން ގެންނެވި އިޞްލާހުތަކާއެކު ފާސްކުރައްވައިފި

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އިސްލާހު ގެނެއުމުގެ ބިލު މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް މުޅި މަޖިލީހުގެ ކޮމިޓީން ގެންނެވި 12 އިޞްލާހާއެކު މިއަދު ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެންބަރުންގެ ތެރެއިން 70 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނެއުމުގެ ބިލަށް 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 10 އިޞްލާޙު، (ށ) ގެ ދަށުން 1 އިޞްލާޙު އަދި (ނ) ގެ ދަށުން 1 އިޞްލާޙު ހުށަހެޅި ފާސްކުރައްވާފައިވެއެވެ.