ބަޖެޓް ކޮމިޓީގެ 3 ބައްދަލުވުމެއް މިއަދު ބާއްވައިފި

2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ 3 ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މިގޮތުން މިއަދު ހެނދުނު 10:05 ން 11:28 އަށް ބޭއްވުނު  2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަތަކާއި މެދު މަޝްވަރާކުރެއްވުމަށްފަހު، ހެލްތް މިނިސްޓްރީގެ 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށްޓަކައި މިއަދުގެ 13:00 ގައި ހެލްތް މިނިސްޓަރާއި ބައްދަލުކުރެއްވުމަށް ނިންމަވާ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެެވެ.

އެއަށްފަހު، 13:07 ން 15:33 އަށް ބޭއްވުނު މިކޮމިޓީގެ ދެވަނަ ބައްދަލުވުުމުގައި ހެލްތް މިނިސްޓްރީއާއި ބައްދަލުކުރައްވާއފައިވެއެވެ. އަދި މިރޭ 21:00 ގައި ބޭއްވުނު މިކޮމިޓީގެ ތިންވަނަ ބައްދަލުވުމުގައި ހައުސިންގ މިނިސްޓްރީއާއި ބައްދަލުކުރައްވާއިވެއެވެ. މި ދެބައްދަލުކުރެއްވުމުގައިވެސްވަނީ  2012 ވަނަ އަހަރަށް ލަފާކުރައްވާފައިވާ ބަޖެޓާއި އަދި 2011 ވަނަ އަހަރު މިހާ ތަނަަށް ހިނގި ޚަރަދާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށްޓަކައި، ދެ މިނިސްޓްރީގެ މިނިސްޓަރއާއި  ބައްދަލުކުރައްވައި އެ މިނިސްޓްރީއެއްގެ ބަޖެޓާއި ގުޅޭ ގޮތުން މައުލޫމާތުދެއްވޭނެ ފަރާތްތަކާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރައްވާފައެވެ.

މިތިންބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫންއަބްދުﷲ ޙަމީދުއެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އާއި ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ އާއި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި  ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ވަޑައިގަންނަވާފައެއް ނުވެއެވެ. ނަމަވެސް މެންދުރުފަހުއާއި ރޭގަނޑު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް މި ފަސްމެންބަރުންވެސް ވަޑައިގެންނެވިއެވެ. އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށާއި ދެވަނަ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވިއެވެ.

މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކޮމިޓީގެ 3 ބައްދަލުވުމަށްވެސް ވަޑައިގަންނަވާފައެއް ނުވެއެވެ. އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު ހުންނެވީ ޗުއްޓީގައެވެ.

މީގެއިތުރަށް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބް އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ބަޖެޓް ކޮމެޓީގައި ބައިވެރިވެވަޑައިގެންފައިވެއެވެ.