2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ 2 ބައްދަލުވުމެއް މިއަދު ބާއްވައިފި

2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ 2 ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މި  2 ބައްދަލުވުމުގައިވެސް ކުރިއަށް ގެންދެވީ 2012 ވަނަ އަހަރަށް ލަފާކުރައްވާފައިވާދައުލަތުގެ ބަޖެޓާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރާއި ސުވާލުކުރެއްވުމުގެ މަސައްކަތެވެ. މިގޮތުންފިނޭންސް މިނިސްޓްރީން ފޮނުއްވާފައިވާ، ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓާއި ގުޅޭ މަޢުލޫމާތުތަކާއި އަދި އެ މަޢުލޫމާތުތަކުގެ އިތުރަށް ވެސް ބަޖެޓާއި ބެހޭގޮތުން މެންބަރުން އޮޅުންފިލުއްވަން ބޭނުންފުޅުވާ ކަންތައްތައް އޮޅުންފިލުއްވުމަށްޓަކައި މެންބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ޖަވާބުދެއްވިއެެވެ. ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ،ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް،ހުޅުމީދޫދާއިރާގެމެންބަރުއިލްޔާސްލަބީބް،ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް،ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ބިލަތްދޫދާއިރާގެމެންބަރުއަޙްމަދުޙަމްޒާ،މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް،މަޑުއްވަރިދާއިރާގެމެންބަރުވިސާމްޢަލީ،ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު،އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް،ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް،ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް،އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫންއަބްދުﷲ ޙަމީދުއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، މީދޫދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްއެވެ. ކިނބިދޫ ދާއިރާގެމެންބަރު މޫސާ ޒަމީރު  ހުންނެވީ ޗުއްޓީގައެވެ.