ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ރައްޔިތުންގެމަޖިލީހުގެ ރައީސާއި އެމަޖިލީހުގެ މެންބަރުން ތަހުނިޔާ ފޮނުއްވައިފި

ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ރައްޔިތުންގެމަޖިލީހުގެ ރައީސާއި އެމަޖިލީހުގެ މެންބަރުން ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައްޔިތުންގެމަޖިލީހުގެ އިދާރާއިން މިއަދު ޝާއިޢު ކުރެއްވި މިމެސެޖްގައި ޢީދަކީ މާތް ﷲ އަށް ޙަމްދުކޮށް، ޝުކުރުކުރުމުގެ ޚާއްޞަ ދުވަސްތަކެއްކަމަށް ލިޔުއްވާފައިވެއެވެ. އަދި މި ބަރަކާތްތެރި މުނާޞަބަތުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މާތްވެގެންވާ މައްކާއަށް ގޮސްތިބި ދިވެހި އެންމެހާ އަޚުންނާއި އުޚުތުންނާއި، އިސްލާމީ އުއްމަތުގެ އެންމެހާ އަޚުންނާއި އުޚުތުންގެ މަތިން ހަނދުމަކޮށް، މިމަޖިލިސްގެ ނަމުގައި އެ އެންމެހާ އަޚުންނާއި އުޚުތުންނަށް ތަހުނިޔާ ފޮނުއްވާކަމުގައި ލިއުއްވާފައި ވެއެވެ.