ރައްޔިތުންގެ މަޖިލީހުގެ 3 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 3 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ ގަވާއިދު ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއާއި 2012  ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީއެވެ.

ގަގަވާއިދު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ މިއަދު މެންދުރު 12:35 ން 12:50 އަށެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ސިވިލް ސާރވިސްގެ ގަވާއިދު 2010 ދިރާސާކުރެއްވުމަށް މަޖިލީހުގެ ޤާނޫނީ ޓީމާ ހަވާލުކުރުމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުއްވުން ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އަދި މި ޓީމުން މި ގަވާއިދުގައިވާ ޤާނޫނާއި ފުށުއަރާ މާއްދާތައް ފާހަގަކޮށް ރިޕޯޓެއް ތައްޔާރުކުރެއްވުމަށް ފަހު ކޮމިޓީއަށް ހުށަހެޅުއްވުމަށް ކޮމިޓީގެ މެންބަރުން އެދިވަޑައިގެންނެވިއެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދް، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވެވިފައިވަނީ މިއަދު ހެނދުނުު 9:55 ން 10:30 އަށެވެ. މިބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުގެ ބިލު ދިރާސާކުރެއްވުމަށް އެ ކޮމިޓީން ހޮއްވެވި ޕެނަލުން ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ރިޕޯޓާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މުލަކު ދައިރާގެ މެންބަރު އަބުދުﷲ ޔާމީން، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީއެވެ. ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުންނެވީ ސަލާމުގައެވެ. އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުންނެވީ ޗުއްޓީގައެވެ.

2012  ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ ބައްދަލުވުން ބޭއްވެވިފައިވަނީ މިރޭ 21:10 ން 21:50 ށެވެ. މިބައްދަލުވުމުގައި ބަޖެޓާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، މެންބަރުން ބޭނުންފުޅުވާ އިތުރު މަޢުލޫމާތުތަށް ސާފުކުރެއްވުމަށް ފިނޭންސް މިނިސްޓަރއަށާއި ފިނޭންސް މިނިސްޓްރީގެ ކަމާގުޅޭ ފަރާތްތަކަށް މާދަމާ ބާއްވަވާ ކޮމިޓީގެ ބައްދަލުވުމަށް ޙާޒިރުވެވަޑައިގެންނެވުމަށް ދެންނެވުމަށް ނިންމެވިއެވެ. ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސްލަބީބް، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫންއަބްދުﷲ ޙަމީދުއެވެ. ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު ހުންނެވީ ޗުއްޓީގައެވެ.

 

12 މުހައްރަމް 1433

7 ޑިސެމްބަރ 2011