ރައްޔިތުންގެ މަޖިލީހުގެ 5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ މާލިއްޔަތު ކޮމިޓީ އާއި އިޖްތިމާޢީ ކޮމިޓީ އާއި އިމްތިޔާޒް ކޮމިޓީ އާއި މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ އަދި ދައުލަތުގެ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީއެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:40 ގައެވެ. މިބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރުގެ ބަޖެޓް މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީއިން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓާއި މެދު މަޝްވަރާ ކުރެއްވިއެވެ. ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް އެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އަށް ވަޑައިނުގެންނެވުނީ ރަސްމީ ދަތުރުފުޅެއްގައި ހުންނެވުމުންނެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރަކީ އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އެވެ.

އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:15 ގައެވެ. މިބައްދަލުވުމުގައި، ފުރަތަމަ ކުރިއަށް ގެންދެވީ ތެލަސީމިއާ ބިލް ދިރާސާކުރެއްވުމެވެ. މިބިލަށްފަހު، މަސްތުވާ ތަކެއްޗާބެހޭ ބިލާ ގުޅޭގޮތުން ކުޅުއްދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދާއި ބައްދަލުކުރައްވާ މެންބަރުން މަޝަވަރާ ކުރެއްވިއެވެ. ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު އަދި މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު އެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު އަށް ވަޑައިނުގެންނެވުނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރުގައި ހުންނެވުމުންނެވެ. ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު އަށް ވަޑައިނުގެންނެވުނީ މަޖިލީހުގެ ރިޔާސަތުގައި ހުންނެވުމުންނެވެ. މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް އަށް ވަޑައިނުގެންނެވުނީ ޗުއްޓީގައި ހުންނެވުމުންނެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރަކީ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އެވެ.

އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:30 ގައެވެ. މިބައްދަލުވުމުގައި 29 ޖޫން 2010 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބަންދުކުރެއްވި މައްސަލައާގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނާ ބައްދަލުކުރައްވައި ކަން ހިނގާ ދިޔަގޮތް ސާފުކުރެއްވެވިއެވެ. ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ފެލިދޫ ދާއިރާގެ މެންބަރު ޔުސުފް ނަޢީމް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު އަދި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް އެވެ. ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަށް ވަޑައިނުގެންނެވުނީ ޗުއްޓީގައި ހުންނެވުމުންނެވެ.

މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:11 ގައެވެ. މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ “ވިޔަފާރި ފައިދާއިން ޓެކްސްނެގުމުގެ ބިލް” ގެ މަސައްކަތެވެ. ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަށް ވަޑައިނުގެންވުނީ ޗުއްޓީގައި ހުންނެވުމުންނެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރަކީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެވެ.

ދައުލަތުގެ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީ ބޭއްވިފައިވަނީ 14:15 ގައެވެ. މިބައްދަލުވުމުގައި ސުނާމީ ކޮމިޓީން ފޮނުއްވާފައިވާ ސިޓީއާއިމެދު މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން ބަޖެޓާއި ގުޅޭގޮތުން އިތުރު ތަފްސީލް ފިނޭންސް މިނިސްޓްރީން ހޯއްދެވުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މައުސޫމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، އިނގުރައިދޫ ދައިރާގެ މެންބަރު ހަމްދޫން ޢަބްދުﷲ ޙަމީދު އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު އެވެ. ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަށް ވަޑައިނުގެންނެވުނީ ޗުއްޓީގައި ހުންނެވުމުންނެވެ.

11 މުހައްރަމް 1432

6 ޑިސެމްބަރ 2011