2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ފަށްޓަވައިފި

2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިދަރުގެ 19 ވަނަ ޖަލްސާގައި ފަށްޓަވައިފިއެވެ.

2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގެމަރުޙަލާގައި މިއަދު 14 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މިއަދާ، މާދަމާ އަދި ބުދަދުވަހުވެސް ބަޖެޓް ބަޙުސް ކުރިއަށްގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ. މިއަދުގެ ޖަލްސާ ނިންމަވާލެއްވީ އެވަގުތު ފުރުޞަތަށް އެދިވަޑައިގެންފައިވާ މެންބަރުންގެ ތެރެއިން ޖަލްސާގައި ތިއްބެވި ހުރިހާ މެންބަރުންނަށް ފުރުޞަތު އެރުވުމަށްފަހު 14:16 ގައެވެ.

މިއަދުގެ ޖަލްސާގައި، 28 ޖެނުއަރީ 2009 ގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު، ތ. ބުރުންޏަށް ކުރެއްވި ދަތުރުފުޅުގައި ބުރުނީގައި 8 ލައްކަ ރުފިޔާގެ ދަނޑުވެރިކަމުގެ ޕްރޮޖެކްޓެއް ފަށާނެކަމަށް ވިދާޅުވެފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އެމަޝްރޫޢުގެ އަމަލީ އެއްވެސް މަސައްކަތެއް ފަށާފައި ނުވާތީ، އެ މަސައްކަތް ފެށޭނެ ތާރީޚަކީކޮބާތޯ އޮޅުންފިލުއްވައިދެއްވުމަށް އެދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހީމް ދީދީ އާ ސުވާލުކުރެއްވުން އޮތެވެ.

 

10 މުހައްރަމް 1433

5 ޑިސެމްބަރ 2011