2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ މިއަދުގެ ބައްދަލުވުުގައި ބަޖެޓްގައި ހިމަނުއްވާފައިވާ “މިނިވަން މުއައްސަސާތަކުގެ ބަޖެޓާއި” ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުން ކުރިއަށް ގެންދަވައިފި

2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގެ މިއަދުގެ ބައްދަލުވުުގައި ބަޖެޓްގައި ހިމަނުއްވާފައިވާ “މިނިވަން މުއައްސަސާތަކުގެ ބަޖެޓާއި” ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުން ކުރިއަށް ގެންދަވައިފިއެވެ.

މިކޮމިޓީގެ 2 ބައްދަލުވުމެއް މިއަދު ކުރިއަށްގެންގޮސްފައިވެއެވެެ. މިގޮތުން 10:27 ން 12:55ށް ބޭއްވުނު މިކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ބަޖެޓާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި 13:35 ން 17:35 ށް ބޭއްވުނު މިކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، މާލޭ ސިޓީ ކައުންސިލް، އައްޑޫ ސިޓީ ކައުންސިލް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ބަޖެޓާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިއަދު ބޭއްވުނު 2 ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމްއެވެ. ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ވަޑައިގެންނެވިއެވެ. ނަމަވެސް ދެވަނަ ބައްދަލުވުމަށް ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ. އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އާއި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއާއި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ އާއި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްވެސް ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ.

ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަދި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް ހުންނެވީ ޗުއްޓީގައެވެ. އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު ހުންނެވީ މަޖިލީހުގެ ދަތުރުފުޅެއްގައެވެ.

2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމަށް އެކުލަވާލެއްވި ކޮމިޓީގައި ހިމެނޭ މެންބަރުންގެ އިތުރުންް އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު މިއަދު ބޭއްވުނު ކޮމިޓީގެ 2 ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

 

9 މުހައްރަމް 1433

4 ޑިސެމްބަރ 2011