ނިއު ޒިލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ މިއަދު ބައްދަލުކުރައްވައިފި

ނިއު ޒިލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މރ. ޕީޓޯ ހަމިލްޓަން ރައްޔިރުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ނިއު ޒިލޭންޑް ސަފީރަށް މަރުޚަބާ ދަންނަވައި، ކުރެއްވި ޒިޔާރަތަށް ޝުކުރު އަދާކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ނިއު ޒިލޭންޑް އާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ ގާތްގުޅުމެއް އޮތްކަން ފާހަގަކުރައްވައި، އެގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާބެހޭގޮތުން ސަފީރަށް މަޢުލޫމާތު ދެއްވާފައެވެ.

މިއަދު ބޭއްވުނު ބައްދަލުކުރެއްވުމުގައި އާ ސްޕީކަރއެއް ހޮއްވެވުމަށްޓައި އިންތިޙާބުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމުގައި ނިއު ޒިލޭންޑް ސަފީރު ވިދާޅުވެފައިވެއެވެ.