ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް މާދަމާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި ތަޤްރީރުކުރައްވާނެ

ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ހަރ އެކްސެލެންސީ ނަވަނެތަމް ޕިއްލޭ މާދަމާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި ތަޤްރީރު ކުރައްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ދަޢުވަތު އެރުވިގެން މަޖިލީހުގެ ކޮމިޓީ ރޫމް 1 ގައި ދެއްވާ މިތަޤްރީރު އޮންނާނީ ހެނދުނު 11:00 ގައެވެ.

ހަރ އެކްސެލެންސީ ނަވަނެތަމް ޕިއްލޭ ރާއްޖެ ވަޑައިގެންފައިވަނީ މިމަހު 22 އިން 24 އަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ. އެކަމަނާއަކީ ސައުތް އެފްރިކާގެ ޤާނޫނީ ވަކީލެކެވެ. އެކަމަނާ ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ މަޤާމާ ހަވާލުވެވަޑައިގެންނެވީ 1 ސެޕްޓެމްބަރ 2008 ގައެވެ.

27 ޛުލްޙިއްޖާ 1432

23 ނޮވެމްބަރ 2011