ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން މިއަދު ބާއްވައިފި

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން މިއަދު 13:55 ގައި ބާއްވައިފިއެވެ. މިކޮމިޓީގެ ބައްދަލުވުމުގައި “ތެލުގެ ސަބްސިޑީގެ ގޮތުގައި 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ  100މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ، ވަގުތުން ވަގުތައް ސަބްސިޑީ ދިނުމަށް އެދި ވިލިފުށި ދާއިރާގެ މެންބަަރު ރިޔާޒް ރަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރާ ގުޅޭ ގޮތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި އަދި ފިނޭންސް މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރައްވައި ސުވާލު ކުރެއްވެވުން އޮތެވެ.

މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް, ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް ،މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ،ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ،މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ފުނަދޫ ދާއިރާގެ މެންބަރު ޢަަލީ ސަލީމް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީއެވެ.

20 ޛުލްޚިއްޖާ 1432

16 ނޮވެމްބަރ 2011