ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 11 ވަނަ ޖަލްސާ މާދަމާ ބާއްވާ ގޮތަށް ހަމަޖައްސަވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާ މާދަމާ 1 ނޮވެމްބަރ 2011 ވާ އަންގާރަދުވަހު ބާއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

މާދަމާގެ ޖަލްސާ އޮންނާނެކަން މެންބަރުންނަށް ދަންނަވައި މާދަމާގެ ޖަލްސާގެ އެޖެންޑާ ފޮނުވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިހާރު ގެންދަނީ ކުރަމުންނެވެ.

މާދަމާގެ ޖަލްސާ ފެށޭނީ ހެނދުނު 9:00 ގައެވެ.

 

4 ޒުލްހިއްޖާ 1432

31 އޮކްޓޯބަރ 2011