މިވަގުތު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (IMF) ގެ ވަފްދުގެ ބޭފުޅުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިއްޔެ ބައްދަލުކުރައްވައިފިއެވެ.
(IMF) ގެ ވަފްދާއިއެކު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މިވަގުުތު މަޖިލީހަށް ހުށަހެޅިފައިވާ ރާއްޖޭގެ އިޤްތިޞާދާއި ގުޅޭ ބިލްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބާއިގުޅޭ މަޢުލޫމާތު ސާފުކޮށްދެވުނެވެ. އަދި ރާއްޖޭގެ ފިސްކަލް ޕޮލިސީ އާއި ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ކުޑަ ކުރުމާއި ގުޅޭގޮތުން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާ ޚިޔާލު ބަދަލުކުރެއްވިއެވެ.
(IMF) ގެ ވަފްދަކީ (IMF)ގެ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ/ އެކްސްޓެންޑެޑް ކްރެޑިޓް ފެސިލިޓީ ގެ ދަށުން އާ ޕްރޮގްރާމަކަށް ދިއުމާއި މެދު ކުރެވޭ މަޝްވަރާތަކަށް ރާއްޖެއަށް ޒިޔާރަތްކުރައްވާ ވަފްދެކެވެ.
(IMF)ގެ ވަފްދުގެ މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މާލީ ޙާލަތު އަންގައިދޭ އަސާސީ މިންގަޑުތައް މިހާރު ހުރީ ބައިނަލް އަޤްވާމީ ގޮތުން ޤަބޫލުކުރާ މިންގަނޑުތަކާއި ހަމަތަކާއި އެއްގޮތަށްނޫންކަން ފާހަގަ ކުރެއްވިއެވެ.
28 ޒުލްޤައިދާ 1432
26 އޮކްޓޯބަރ 2011