ޢާންމު ކޮމިޓީގެ ސަބް ކޮމިޓީ އާއި ސިޔާސީ ޕާޓީތަކުގެ ބިލު ދިރާސާ ކުރެއްވުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ހޮއްވެވި ޕެނަލްގެ ބައްދަލުވުން ބާއްވައިފި

ޢާންމު ކޮމިޓީގެ ސަބް ކޮމިޓީ އާއި ސިޔާސީ ޕާޓީތަކުގެ ބިލު ދިރާސާ ކުރެއްވުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ހޮއްވެވި ޕެނަލްގެ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

ޢާންމު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 10:50 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ ބަޖެޓާ މެދު ގޮތެއް ނިންމަވާ ދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުން ކުރިއަށް ގެންގޮސްފައިވެއެވެ. މިކޮމެޓީއަށް ޚާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު އާއި މެދު ހެންވޭރު ދާއިރާގެ ޢަލީ ޢާޒިމްއެވެ. ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް ކޮމިޓީއަށް ޚާޒިރުވެވަޑައި ނުގަންނަވައެވެ.

ސިޔާސީ ޕާޓީތަކުގެ ބިލު ދިރާސާ ކުރެއްވުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ހޮއްވެވި ޕެނަލްގެ ބައްދަލުވުން ބޭއްވިފައިވަނީ 11:12 ގައެވެ. މިކޮމިޓީ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުގެ ބިލަށް މެންބަރުން މަޖިލީހުގެ ފްލޯގައި ފާޅުކޮށްފައިވާ ޚިޔާލުތަކުގެ އަލީގައި ބިލުގައި ހިމެނޭ ބައެއް މަފްޙޫމްތަކާމެދު ވާހަކަފުޅުދެއްކެވިއެވެ. މިކޮމިޓީއަށް ޚާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ،  ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރުއެވެ.

 

25 ޛުލްޤަޢިދާ 1432

23 އޮކްޓޯބަރ 2011