ރައްޔިތުންގެ މަޖިލީހުގެ 5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ 5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އާއި އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއާއި މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ އަދި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވިކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 10:20 ގައެވެ. މި ބައްދަލުވުމުގައި “ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ބިލު” ގެ 510 ވަނަ މާއްދާއިން ފެށިގެން 515 ވަނަ މާއްދާގެ ނިޔަލަށް ބެއްލެވިއެވެ. މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނުއުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އުނގޫފާރު ދާއިރާގެ މެންބަރު އަފްރަޝީމް ޢަލީ، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އަދި ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއެވެ. ނައިފަރުދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު އަދި ފޮނަދޫދާއިރާގެ މެންބަރު ޢަބްދުއްރަޙީމްޢަބްދުﷲއެވެ.

އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ ބޭއްވިފައިވަނީ 11:17 ގައެވެ. މި ބައްދަލުވުމުގައި “ނެޝެނަލް އާރކައިވްސްގެ ބިލު” ދިރާސާކުރެއްވުމުގެ މަސައްކަތް ސަބް ކޮމިޓީއިން ނިންމަވާ ކޮމިޓީ ރިޕޯޓް މައި ކޮމިޓިއަށް ހުށެހެޅުއްވުމަށް ނިންމެވިއެވެ. މިކޮމެޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް އަދި މާވަށު ދާއިރާގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރުއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 13:45 ގައެވެ.      މިއަދު ބޭއެްވުނު މިކޮމެޓީގެ ބައްދަލުވުމުގައި ކުރިއަށްގެންގޮސްފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީއަށް ރުހުން ދިނުމާބެހޭގޮތުން ވޯޓް ނެންގެވުމެވެ. މިކޮމެޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް, ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ފުނަދޫ ދާއިރާގެ މެންބަރު ޢަަލީ ސަލީމް،ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަދި މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްއެވެ.

މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:10 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި”ޓެކްސް ނެގުމުގެ އިދާރީ ބިލް”އަށް ބިލަށް މީރާއިން ހުށަހަޅުއްވާފައިވާ އިސްލާޙުތަކާގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މިކޮމެޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް،ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ،ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް،ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ. ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް މިކޮމެޓީގެ ބައްދަލުވުމަށް މިއަދު ޚާޒިރުވެވަޑައިނުގަންނަވައެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:45 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ކުރިއަށްގެންދަވާފައިވަނީ މި ކޮމިޓީގެ މަސްއޫލިއްޔަތު ދާއިރާގައި ހިމެނޭ ކޮމިޝަނެއްކަމުގައިވާ އިލެކްޝަންސް ކޮމިޝަންގެ މަސައްކަތް ހިގާނުހިގާ ގޮތް ބެއްލެވުމަށްޓަކައި އެކޮމިޝަންގެ މަސްއޫލީއްޔަތުތަކާ ގުޅޭގޮތުން ސުވާލު ކުރެއްވުމެވެ. މިކޮމެޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ،އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއެވެ. މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ ހުންނެވީ މަޖިލީހުގެ ދަތުރުފުޅެއްގައެވެ.

 

20 ޛުލްޤަޢިދާ 1432

18 އޮކްޓޯބަރ 2011