މަޖިލީހުގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅިފައިވާ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކުރިއަށް ގެންދިއުމަށް މަޖިލީހުގ ގަވައިދުގެ 117 ވަނަ މާއްދާގެ ދަށުން މުޅިމަޖިލިސް އެކުއެކީގައި ކޮމިޓީއަށް ދިޔަކަމަށް ރިޔާސަތުން އިޢުލާންކުރައްވައި، ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ހުށަހެޅިފައިފާ އިޞްލާހުތަކަށް ވޯޓަށްއެއްސެވުން ކުރިއަށް ގެންދަވައިފިއެވެ.
މިއަދު ކުރިއަށް ދިޔަ މުޅި މަޖިލީހުގެ ކޮމިޓީގައި މިބިލަށް، ހުށަހެޅިފައިވާ އިޞްލާހުތަކުގެ ތެރެއިން 12 އިޞްލާހަށް ވޯޓަށް އައްސަވައި 3 އިޞްލާހު ފާސްވެފައިވެއެވެ.
މުޅިމަޖިލީހުގެ ކޮމިޓީގެ މަސައްކަތް މާދަމާވެސް ކުރިއަށް ގެންދަވާނެ ކަމަށް ރިޔާސަތުން އިޢްލާން ކުރެއްވިއެވެ.
12 ޛުލްޤައިދާ 1432
10 އޮކްޓޯބަރ 2011