ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ތައިލެންޑްގެ ޤާނޫނުހަދާ މަޖިލީހުގެ އަމީން ޢާންމު އާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛް އަޙްމަދު މުޙައްމަދު ތައިލެންޑްގެ ޤާނޫނުހަދާ މަޖިލީހުގެ އަމީން ޢާންމު ޕިޓޫން ޕުމްހީރަން (Mr. Pitoon Pumhiran) އާ މިއަދު ހެނދުނު ބައްދަލުކުރައްވައިފި އެވެ.

މަޖިލީސްކުރާ ގޭގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ އަމީން ޢާންމު ތައިލެންޑްގެ ޤާނޫނުހަދާ މަޖިލީހުގެ އަމީން ޢާންމު މިކުރެއްވި ޒިޔާރަތަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށްވެސް މަރުޙަބާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ އަމީން ޢާންމު ވަނީ މަޖިލީހުގައި ކުރިއަށްދާ މަސައްކަތްތައް ވަފްދުގެ ބޭފުޅުންނަށް އޮޅުންފިލުވައި ދެއްވާފައެވެ.

ތައިލެންޑްގެ ޤާނޫނުހަދާ މަޖިލީހުގެ އަމީން ޢާންމު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަކީ އެމަނިކުފާނަށާއި އެމަނިކުފާނާއިއެކު ވަޑައިގެންނެވި ވަފްދުގެ ބޭއްފުޅުންނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއްކަމަށާއި މަޖިލީހުގެ އިދާރާއިން އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފްދަށް ދެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ.

28  ޝައްވާލް 1432

26  ސެޕްޓެމްބަރ 2011