މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް މުޅި މަޖިލީހުގެ ކޮމިޓީން ގެންނެވި އިޞްލާހުތަކާއެކު ފާސްކުރައްވައިފި

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް މުޅި މަޖިލީހުގެ ކޮމިޓީން ގެންނެވި 17 އިޞްލާހާއެކު މިރޭ ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ ތެރެއިން ފެންނަކަމަށް 51 މެންބަރުން ނުފެންނަކަމަށް 19 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި ވަކި ކޮޅަކަށް ނުޖެހި 2  މެންބަރުން ތިއްބެވިއެވެ.

މިރޭ ބޭއްވުނު މުޅި މަޖިލީހުގެ ކޮމިޓީގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލަށް 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 11 އިޞްލާޙު، (ށ) ގެ ދަށުން 1 އިޞްލާޙު އަދި (ނ) ގެ ދަށުން 5 އިޞްލާޙެއް ފާސްކުރައްވާފައިވެއެވެ.

 

24 ރަމަޟާން 1432

24 އޯގަސްޓް 2011