ރައްޔިތުންގެ މަޖިލީހުގެ 11 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 11 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. މިގޮތުން މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:08 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ” އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހުގެނައުމުގެ ބިލް”ގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިގޮތުން މި ބިލުގެ 7 ވަނަ ޗެޕްޓަރގައި ޓެކްސް ނެގުމަށް ކަނޑއަޅުއްވާފައިވާ އިންސައްތަތަކަށް އިސްލާހުގެންނެވިއެވެ.

އެއަށްފަހު “ޓެކްސް ނެގުމުގެ އިދާރީ ބިލް”ގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިގޮތުން މި ބިލް ގައި އަދަބު ކަނޑައެޅިފައިވާ މާއްދާތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެެވެ.

މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް،މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއެވެ.

 

ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 10:50 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި “ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ބިލު” ގެ 411 ވަނަ މާއްދާ އިން ފެށިގެން 416 ވަނަ މާއްދާގެ ނިޔަލަށް ބެއްލެވިއެވެ.

މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި އުނގޫފާރު ދާއިރާގެ މެންބަރު އަފްރަޝީމް ޢަލީ އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދުއެވެ.

 

ޤައުމީތަރައްޤީގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:20 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ޕްރީސްކޫލް ހިންގުމުގެ ބިލަށް މަޝްވަރާކުރެއްވުމަށްފަހު، ދެން އޮންނަ ކޮމިޓީގެ ބައްދަލުވުމެއްގައި ބިލުގެ މާއްދާ ތަކަށް އިސްލާޙު ހުށަހެޅެއްވުމަށް މެންބަރުން ނިންމެވިއެވެ.

މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސަ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް އަބްދުލްޙަމީދު އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދުއެވެ.

 

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:00 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރު ކަމުގެ މަޤާމުގައި ހުންނެވި އަލްފާޟިލް ފަޒީލް ނަޖީބު، އެ އޮތޯރިޓީގެ ގަވަރނަރު ކަމުގެ މަޤާމުން ވަކިކުރުމާގުޅޭ ގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓްއާއިމެދު މަޝްވަރާކުރެވުނުވެ.

މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް،  ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް, ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފު ނަޢީމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމްއެވެ.

 

ސަރުކާރުގެ މަސްއޫލިއްޔާތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:55 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި މިއަދުގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއެވެ.

 

އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:55 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ދެ ބިލެއްގެ ސުންގަޑި ކަނޑައެޅުއްވިއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ދައުލަތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި ޞިއްޙީ ޚިދުމަތުގެ ސިޔާސަތު ކަނޑައެޅުމުގެ ބިލެވެ.

އެއަށްފަހު ދެން ކުރިއަށް ގެންދެވީ، ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތަކާމެދުގައެވެ. އެގޮތުން، “ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ބިލް” ދިރާސާކުރެއްވުމަށް 5 މެންބަރުންގެ ސަބް ކޮމިޓީއެއް ހޮއްވެވިއެވެ.

މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު،  ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ.

 

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 13:00 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ކޮމިޓީން ބެއްލެވީ، މިވަގުތު ކޮމިޓީގައި ނުނިމި ހުރި މައްސަލަތަކެވެ.

މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒު އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދުއެވެ.

 

އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:55 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައިވަނީ ކޮމިޓީގެ ކޯރަމް ކަނޑައެޅުއްވުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީގެ ކޯރަމް ކަމުގައި މަޖިލީހުގެ ގަވާއިދުގައި ކޮމިޓީގެ ކޯރަމް ކަމަށް ބުނެފައިއެވާ އަދަދުކަމުގައި ނިންމެވިއެވެ.

މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ފަރެސްމާތޮޑާ މެންބަރު އިބްރާހިމް މުއްޠަލިބު އަދި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމްއެވެ.

 

ގަވާއިދު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:45 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން އުނިކުރެވޭނެކަމަށް ވިދާޅުވެ ފޮނުއްވާފައިވާ ލިސްޓްގައިވާ ގަވާއިދުތަކުގެ ތެރެއިން ޖިނަޢީ އިޖުރާޢަތުގެ ގަވާއިދު ފިޔަވައި ދެން ހުރި ގަވާއިދުތައް 2008/6 (ޢާންމު ގަވާއިދުތަކާ ބެހޭ ޤާނޫނު) ގެ ޖަދުވަލުން އުނިކުރެއްވުމަށް ނިންމެވިއެވެ. އަދި މިހާރު ކޮމިޓީއަށް އައިސްފައިވާ ގަވާއިދުތަކާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅިފައިވާ ބިލުތަކުގެ މަސައްކަތް އަވަސްކުރެއްވުމަށް އެކޮމިޓީތަކުގެ މުޤައްރިރުންނަށް ސިޓީފޮނުވުމަށް ނިންމަވައި ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް އަލީ،ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤު ހަސަން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަތީފް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއެވެ.

 

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:00 ގައެވެ. މިކޮމެޓީގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ފޮނުއްވާފައިވާ 2011 ވަނަ އަހަރު ދަނޑުވެރިންނަށް ސަބްސިޑީ ލިބިދެވޭނެ އުސޫލާއި އެއްގޮތަށް ސަބްސިޑީ ލިބިދިނުމަށް ނިންމަވައި މައި ކޮމިޓީއަށް ހުށަހެޅުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމު ތާއީދުކުރެއްވިއެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ސަބްސިޑީ ބްރޭކްޑައުން ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގައި ދަނޑުވެރިން ތިބި އަދަދާއި އަދި ސަބްސިޑީގެ ގޮތުގައި ލިބިދެވޭނެކަމަށް ބެލެވޭ ފައިސާ އާއި ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ނިންމެވިއެވެ.

މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްއެވެ.

 

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:00 ގައެވެ. މިބައްދަލުވުމުގައި މިއަދު އެޖެންޑާ ކުރެވިފައިވާ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ބޭރު ޤައުމުތަކަށް ރާއްޖެއިން ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒުއެވެ.

 

17 ރަމަޟާން 1432

17 އޯގަސްޓް 2011