އިންޑިއާގެ 64 ވަނަ މިނިވަންދުވަހުގެ ތަޙުނިޔާ މެސެޖެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވައިފި

މިއަދަކީ، އިންޑިއާގެ 64 ވަނަ މިނިވަންދުވަސް ކަމަށް ވުމާއެކު، މިއަދުގެ މުނާސަބަތުގައި އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މީރާ ކުމާރުއަށާއި، އިންޑިއާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ މރ. ދިނޭޝްވަރު އެމް މުލޭއަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަމިއްލަ ނަންފުގައި ތަޙްނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް އެކުވެރި ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް ތާނގައިވެސް އިތުރަށް ބަދަހިވަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށާއި، އަދި އިންޑިއާގެ ރައްޔިތުންނަށް ފާގަތި، ބާއްޖަވެރި އަހަރަކަށް ވެގެންދާނެކަމުގެ އުއްމީދުކުރައްވާކަމަށް މަޖިލީހުގެ ރައީސްގެ މެސެޖްގައި އެދިވަޑަގެންފައިވެއެވެ.

އިންޑިއާއަށް މިނިވަންކަން ލިބިފައިވަނީ 15 އޯގަސްޓް 1947 ގައެވެ.

15 ރަމަޟާން 1432

15 އޯގަސްޓް 2011