ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުނު ގޮތް

ރައްޔިތުންގެ މަޖިލީހުގެ 10 ކޮމިޓީއެއްގެ ބައްދަލުވުން އެޖެންޑާކުރެވި 8 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދެވިފައިވެ އެވެ. މިއަދު ކުރިއަށް ގެންދެވުނު 8 ކޮމިޓީއަކީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ، އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ، މާލިއްޔަތު ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ، މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ، މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ، ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަދި އިޤްތިޞާދީ ކޮމިޓީއެވެ.

މިއަދު 11:45 ގައި ބޭއްވުމަށް ތަޢާވަލްކުރެވުނު ޤައުމީ ތަރައްޤީގެ ކޮމިޓީއާއި 14:00 ގައި ބޭއްވުމަށް ތާވަލް ކުރެވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައެއް ނުވެއެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ ހެނދުނު 11:00 ގައެވެެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް ,ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލްޙަމީދުއެވެ. އަދި ވަޑައިނުގަންނަވާ މެންބަރުންނަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ( މަޖިލިސް ޖަލްސާގައި)  އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެވެ.

އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:15 ގައެވެ. މިބައްދަލުވުމުގައި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 2 މެންބަރުން ބައިވެރިވެވަޑައިގަތެވެ. މި ދެ މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:45 ގައެވެ. މި ބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ. އަދި ވަޑައިނުގަންނަވާ މެންބަރުންނަކީ ބިލެތްްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ. މީގެ އިތުރުން މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމެއްވެސް ވަނީ 14:35 ގައި ބޭއްވިފައެވެ. މިބައްދަލުވުމަށް ވަޑައިގެންނެވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް އެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިންނެވީ މަޖިލީހުގެ ރިޔާސަތުގައެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:50 ގައެވެ. މި ބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު،އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިންް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދުއެވެ. އަދި ވަޑައިނުގަންނަވާ މެންބަރަކީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އެވެ. ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުންނެވީ ޗުއްޓީގައެވެ. މިއަދުގެ ބައްދަލުވުމުގައi ކޮމިޓީން ބެއްލެވީ، ކޮމިޓީގެ މުޤައްރިރު ތައްޔާރު ކުރައްވައި ކޮމިޓީއަށް ހުށަހެޅުއްވި ކޮމިޓީގެ މަސައްކަތް ޚަރުދަނާކުރުމާ ބެހޭގޮތުން ތައްޔާރު ކުރެވުނު ކަރުދާހާ ގުޅޭގޮތުންނެވެ. މިގޮތުން އެ 9 މާއްދާގެ މައްޗަށް އެކުލަވާލެވިފައިވާ މި ކަރުދާހުގެ 2 މާއްދާއަކާމެދު މަޝްވަރާ ކުރައްވައި ވަކި ގޮތެއް ނިންމަވައި މިއަދުގެ ބައްދަލުވުން ނިންމަވާލެއްވީއެވެ.

މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:05 ގައެވެ. މި ކޮމިޓީގެ ބައްދަލުވުމަށް ހުރިހާ މެންބަރުންވެސް ހާޟިރުވެވަޑައިގެންނެވިއެވެ.  މިމެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް،މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމްް،ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމު އެވެ. މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ “މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް”ގެ މަސައްކަތެވެ. މިގޮތުން މި ބިލުގެ 37 ވަނަ މާއްދާއިން ފައްޓަވައިގެން 52 ވަނަ މާއްދާގެ ނިޔަލަށް ބެއްލެވުމަށް ފަހު ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެެވެ.

އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުން މިރޭ 21:00 ގައި ވަނީ ފެށިފައެވެ.

9 އޯގަސްޓް 2011