ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުނު ގޮތް (08 އޯގަސްޓް 2011)

ރައްޔިތުންގެ މަޖިލީހުގެ 9 ކޮމިޓީއެއްގެ ބައްދަލުވުން އެޖެންޑާކުރެވި 8 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދެވިފައިވެ އެވެ. މިއަދު ކުރިއަށް ގެންދެވުނު 8 ކޮމިޓީއަކީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ، އާންމު ކޮމިޓީ، މާލިއްޔަތު ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ، މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ، ޤައުމީ ސަލާމަތުގެ ކޮމިޓީގެ ސަބް ކޮމިޓީ، އިޤްތިޞާދީ ކޮމިޓީގެ އިތުރުން އިޖްތިމާޢީ ކޮމިޓީއެވެ.

 

މިއަދު 14:00 ގައި ބޭއްވުމަށް ތަޢާވަލްކުރެވުނު މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީ އާއި 21:00 ގައި ބޭއްވުމަށް ތާވަލް ކުރެވުނު އިމްތިޔާޒް ކޮމިޓީ، މިދެކޮމިޓީގެ ބައްދަލުވުން ބޭއްވިފައެއް ނުވެއެވެ.

އާންމު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ ހެނދުނު 10:55 ގައެވެެ. މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރުުއެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އާއި ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ އެވެ.

އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:11 ގައެވެ. މިބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 07 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އެވެ. މިއަދުގެ ބައްދަލުވުމުގައި ރަމަޟާން މަހުގެ ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނޭ ގޮތުގެ މައްޗަށް މެންބަރުން ވާހަކާފުޅު ދެއްކެވިއެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:55 ގައެވެ. މި ބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ބިލެތްްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއެވެ. އަދި ވަޑައިނުގަންނަވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 14:17 ގަ އެވެ. މި ބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤު އެވެ. މިބައްދަލުވުމުގައި ކުރިއަށްގެންދެވީ ކޮމިޓީގެ މުޤައްރިރަކާއި ނައިބު މުޤައްރިރަކު ހޮއްވެވުމުގެ މަސައްކަތެވެ.