އީރާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްއާ ބައްދަލުކުރައްވައިފި

އިރާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މިސްޓަރ މަޙްމޫދު ރަހީމީ ގޯރްޖީ ރައްޔިތުންގެ މަޖިލީހުގެނައިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މަޖިލިސް ކުރާގޭގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި މިމަހު 10 ން 11 ށް ތުރުކީގެ ވެރިރަށް އިސްތަންބުލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް އިންޓަރ ޕާލިމަންޓްރީ ކޮންފަރެންސަގައި ބައިވެރިވެޑައިގަތުމަށް މަޖިލީހުގެ ނައިބު ރައީސަށް ދަޢުވަތު އެރުވިއެވެ.

މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްއަށް މިދެއްވި ފުރުޞަތަށް ޝުކުރުއަދާކުރައްވައި މިކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ.