ނަން އިއްވި މެންބަރުން ޖަލްސާ ދޫކުރައްވައި ނުނިކުންނެވުމުން ޖަލްސާ ނިންމަވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި ރިޔާސަތުން ނަން އިއްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު މަޚްލޫފް އާއި ގެމަނަފުށި ދާއިރާގެ މެންބަރު އަލްފާޟިލް އިލްހާމް އަޙްމަދު މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން ޖަލްސާ ދޫކުރައްވައި ނިކުމެވަޑައި ނުގަތުމުން މިއަދުގެ ޖަލްސާ ރިއާސަތުން ނިންމަވާލައްވައިފިއެވެެ.

މިއަދުގެ ޖަލްސާގައި 2 މެންބަރުންގެ ނަންފުޅު އިއްވަވާ ޖަލްސާގެ ނިޒާމުގެއްލި ޖަލްސާ ނިންމަވާލައްވާފައިވަނީ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ގަވާއިދުގެ 146 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަހުސްކުރެއްވުމަށް ފާސްވުމުން، މެންބަރުންނަށް މިމައްސަލައަށް ބަހުސްކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައެވެ.

11 ޝަޢުބާން 1432

12 ޖުލައި 2011