އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އައު ޑެޕިއުޓީ ހައިކޮމިޝަނަރ މަޖިލީހުގެ ނާއިބު ރައީސް އާ ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ޑެޕިއުޓީ ހައިކޮމިޝަނަރ މރ. ރޮބީ ބުލޮޗް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މަޖިލީސްކުރާގޭގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މަޤާމުން ވަކިވެވަޑައިގެންނެވި ޑެޕިއުޓީ ހައިކޮމިޝަނަރ މރ. މާކް ގޫޑިންގް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މރ. ރޮބީ ބުލޮޗް އަށް މަޖިލީހުގެ ނާއިބު ރައީސް މަރުހަބާ ދަންނަވައި، މަޤާމުން ވަކިވެވަޑައިގެންނެވި މރ. މާކް ގޫޑިންގް މަޤާމުގައި ހުންނަވައި ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން މިބޭފުޅުންވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުވައި، ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

 

11 ޝަޢުބާން 1432

12 ޖުލައި 2011