ރައްޔިތުންގެ މަޖިލިހުގެ މިދައުުރުގެ 12 ވަނަ ޖަލްސާ ދެފަހަރެއްގެ މަތިން މެދުކަނޑާލުމަށްފަހު، ޖަލްސާ ނިންމަވާލައްވައިފި

މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވާ ވަޒީރުންނާ ސުވާލު ކުރުމުގެ އައިޓަމަށްފަހު ކޮމިޓީތަކަށް މެންބަރުން ހަމަޖެއްސުމާބެހޭ ގޮތުން ކުރިއަށްދާ މަޝްވަރާ ކުރިއަށްގެންދެވުމަށްޓަކައި މަޖިލީހުގެ ޖަލްސާ މެދުކަނޑުއްވާލުމަށްފަހު އަލުން ޖަލްސާ ފެށްޓެވީ 1.00 ގައެވެ. އެހެންނަމަވެސް ކޮމިޓީތަކަށް މެންބަރުން ހަމަޖެއްސެވުމާބެހޭ މަޝްވަރާތަކުގައި ވަކިގޮތެއްނިމިފައިނުވާތީ ޕާޓީތަކުން މިމައްސަލައިގާ ޙައްލެއް ނެރެދެއްވުމަށް 1 ދުވަހުގެ ފުރުޞަތެއް އަރުވައި މަޖިލީހުގެ ރިޔާސަތަށް ޕާޓީތަކުން ޙައްލެއް ހޯއްދަވައި ނުދެވިއްޖެނަމަ ހޯމަދުވަހުގެ ޖަލްސާއަށް އެމައްސަލަ މަޖިލީހުން ގޮތެއް ނިންމެވުމަށްޓަކައި ގެންނަވާނެކަމަށް ރިޔާސަތުން ވިދާޅުވެ މިއަދު ޖަލްސާ އެހިސާބުންވަނީ ނިންމަވާލައްވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 4 ޖުލައި 2011 ވާ ހޯމަ ދުވަހު ހެނދުނު 9:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.

 

26 ރަޖަބް 1432

28 ޖޫން 2011