ނަން އިއްވި މެންބަރަކު ޖަލްސާ ދޫކުރައްވައި ނުނިކުންނެވުމުން ޖަލްސާ ނިންމަވާލައްވައިފި

މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ 9 ވަނަ ޖަލްސާގައި  ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުސްތަފާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަންކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ރިޔާސަތުން ނަން އިއްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު މަޚްލޫފް މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން ޖަލްސާ ދޫކުރައްވައި ނިކުމެވަޑައި ނުގަތުމުން އެވަގުތަށް ޖަލްސާ މެދުކަނޑުއްވާ ލެއްވުމަށްފަހު 11 ޖެހިއިރު ޖަލްސާ ފެށުމަށްޓަކައި ރަނގަބީލުޖަހައި ނަންއިއްވެވި ޢިއްޒަތްތެރި މެންބަރު ޖަލްސާ ދޫކުރައްވައި ވަޑައިގެންފައިނުވާތީ އެހިސާބުން މިއަދުގެ ޖަލްސާ ރިއާސަތުންވަނީ ނިންމަވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެންއޮންނާނީ 22 ޖޫން 2011 ވާ ބުދަ ދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

 

19 ރަޖަބް 1432

21 ޖޫން 2011