ޤާނޫނީ ޢަދަދު ހަމަނުވެގެން، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތްވަނަ ޖަލްސާގެ ފަހުދަންފަޅި ނުބޭއްވިގެން ނިންމަވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެެ ބަޙުސްގެ މަރުހަލާ ކުރިއަށްގެންދަވަނިކޮށް ޤާނޫނީ ޢަދަދު ހަމަނުވެގެން، މި ޖަލްސާގެ ފަހުދަންފަޅި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ށ) ގެ ދަށުން ނުބޭއްވިގެން ނިންމަވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާ 1:33 ގައި ނިންމަވާލެއްވިއިރު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 13 މެންބަރުންނެވެ. ޖަލްސާގެ ކޯރަމް ހަމަވަނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން 20 މެންބަރުން ޖަލްސާއަށް ޙާޒިރުވުމުންނެވެ.

 

13 ރަޖަބް 1432

15 ޖޫން 2011