މަޖިލީހުގެ ރައީސް ކޮމަންވެލްތްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އާ މިއަދު ބައްދަލުކުރައްވައިފ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ކޮމަންވެލްތްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މަސަކަވާ މަސީރޭ – މޮވަމްބާ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ކޮމަންވެލްތްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެން އުޅުއްވަނީ ރައްޔިތުންގެ މަޖިލީހާއި، ކޮމަންވެލްތް ސެކްރެޓޭރިއެޓާއި ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ގުޅިގެން މިމަހުގެ 13 އިން 15 އަށް ސަރުކާރާއި އަދި އިދިކޮޅު ފަރާތްތަކުގެ ދައުރާއި ޙައްޤުތަކާއި ޛިއްމާތަކާ ބެހޭގޮތުން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސައްކަތު ބައްދަލުވުމަށެވެ.

މަޖިލިސްކުރާ ގޭގައި މިއަދު ބޭއްވުނު މިބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވަނީ ރައްޔިތުންގެ މަޖިލިސް ހިނގާގޮތާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފަ އެވެ.

މަޖިލީހުގެ ރައީސް މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ބައެއް ދަތިތައް ބަޔާންކޮށްދެއްވިއެވެ. އަދި މަޖިލީހުގެ މެންބަރުންނާއި ސެކްރެޓޭރިއެޓްގެ މުވައްޒަފުންނަށް ފަންނީގޮތުން ދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖެއަށް ޒަމާނީ ފުރިހަމަ ޑިމޮކްރެސީއެއް ގެނައުމުގެ މަސައްކަތްތައް ދާގޮތާގުޅޭގޮތުން ބައެއް މަޢުލޫމާތު ކޮމަންވެލްތްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ސާފުކުރެއްވިއެވެ.

މިފަދަ ވޯކްޝޮޕެއް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެއްސެވިކަމަށްޓަކައި، ކޮމަންވެލްތްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝުކުރުއަދާކުރެއްވިއެވެ.

10 ރަޖަބު 1432

12 ޖޫން 2011