ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތް ނިންމަވާލެއްވުމަށްފަހު ރޭ ފުރާވަޑައިގެންފި(31.5.2011)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ ވޫ ބަންގޫ މި މެއިމަހުގެ 28 ން 30 އަށް ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތް ނިންމަވާލެއްވުމަށް ފަހު ރޭ ރާއްޖެއިން ފުރާވަޑައިގެންފިއެވެ.

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ ވޫ ބަންގޫއަށް އަލްވަދާޢު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ.

ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖެއަށް ކުރެއްވި މިޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ގެއަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބައްދަލުކުރެއްވިއެވެ. އަދި ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ކުރިއަށް ގެންދެވިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު އާ ބައްދަލުކުރެއްވިއެވެ.