އައި.ޕީ.ޔޫ ގެ 124 ވަނަ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ޕެނަމާއަށް ފުރާވަޑައިގެންފި (13 އޭޕްރީލް 2011)

މިމަހުގެ 13 ވަނަ ދުވަހު ޕެނަމާގައި ބޭއްވުމަށް ހަމަޖެހިފައިވާ އައި.ޕީ.ޔޫ ގެ 124 ވަނަ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދުގެ (12.4.2011) ވަގުތެއްގައި ޕެނަމާއަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނާއެކު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު އަލްއުސްތާޛު އަޙްމަދު މުޙައްމަދާއި އިދާރާގެ ހެޑް އޮފް ފޮރިން އެންޑް ޕްރޮޓޮކޯލް އަލްއުސްތާޛާ ޝަޒްރާ އަބްދުލްސައްތާރުއެވެ.

9 ޖުމާދަލްއޫލާ 1432

13 އޭޕްރީލް 2011