ކޮންފަރެންސް އޮން ސައުތު އޭޝިޔަން ޕާރސްޕެކްޓިވް އޮފް ދަ ޔުނައިޓެޑް ނޭޝަންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފި

މިމަހުގެ 15 ވަނަ ދުވަހު ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސް އޮން ސައުތު އޭޝިޔަން ޕާރސްޕެކްޓިވް އޮފް ދަ ޔުނައިޓެޑް ނޭޝަންސްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ އަރިހުގައި ކުރެންދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު މޫސާއާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހެޑް، އެޑްމިނިސްޓްރޭޝަން އަލްފާޟިލް އިބްރާހީމް ފަޒުލް ރަޝީދު ވަޑައިގަތެވެ.

މި ކޮންފަރެންސްގައި މޯލްޑިވްސް ރިލޭޝަންސް އެންޑް ޕަރސްޕެކްޓިވް އޮފް ދަ ޔުނައިޓެޑް” މިނަމުގައި މަޖިލީހުގެ ރައީސް ކަރުދާހެއް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ.

9 ރަބީޢުލްއާޚިރު 1432

14 މާޗް 2011