ދެވަޒީރެއްގެ ރުހުން ހޯދުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައިގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުން 21 މާޗް 2011 އޮންނާނެ

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ގެ މަޤާމަށް އައްޔަނުކުރައްވާފައިވާ އަލްފާޟިލް ޢާދިލް ސަލީމް އާއި މިނިސްޓަރ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ ގެ މަޤާމަށް އައްޔަނުކުރައްވާފައިވާ ޑރ. މަރިޔަމް ޒުލްފާ އާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުން 21 މާޗް 2011 ވާ ހޯމަ ދުވަހު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާއަށް އެޖެންޑާ ކުރައްވާނެ ކަމަށް މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ރައީސް މިއަދު އަންގަވައިފިއެވެ.

1 ރަބީޢުލްއާޚިރު 1432
6 މާޗް 2011