އަލްމަރުޙޫމާ ޑޭޒީމާގޭ އާމިނަތު ފާއިޒާ ގެ ހަނދާނުގައި ނެރުއްވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ލިޔުއްވައިފި

އަލްމަރުޙޫމާ ޑޭޒީމާގޭ އާމިނަތު ފާއިޒާ ގެ ހަނދާނުގައި ނެރުއްވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ލިޔުއްވައި ސޮއި ކުރައްވައިފިއެވެ.

އެމަނިކުފާނު ލިޔުއްވި ލިޔުއްވުމުގައި އަލްމަރުޙޫމާ ޑޭޒީމާގޭ ފާއިޒާ އަކީ ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ ޚިދްމަތް ތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމުގައި ލިޔުއްވާފައިވެއެވެ. އަދި އެކަމަނާއަކީ ދިވެހި އަދަބީ ބުސްތާނުގައި ފަރިވެފޮޅުނު މާތަކުގެ ތެރެއިން ޑޭޒީމާ ކަމުގައިވެސް ލިޔުއްވާފައިވެއެވެ. އަދި އެކަމަނާގެ މިއަދަބީ ޚިދްމަތްތަކަކީ އަބަދަށް ދެމިހުންނާނެ އަގުހުރި ޚިދްމަތްތަކެއް ކަމުގައި ލިޔުއްވާފައިވެއެވެ.

މަޖިލީހުގެ ރައީސްގެ ލިޔުއްވުމުގައި އަލްމަރުޙޫމާ އާމިނަތު ފާއިޒަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށްއެދިވަޑައިގެން މާތްﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.

27 ރަބީޢުލްއައްވަލް 1432

2 މާޗް 2011