އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބޭއްވި ޙަފްލާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝަރަފުވެރި ކޮށްދެއްވައިފި

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބޭއްވި ޙަފްލާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ޝަރަފުވެރި ކޮށްދެއްވައިފި އެވެ.

މިޙަފްލާ ޝަރަފުވެރި ކޮށްދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ޑިމޮކްރެޓިކް ވެށި އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިންޑިއާ އަކީ ނަމޫނާއަކަށް ބެލިދާނެ ކަމުގައި ވިދާޅުވި އެވެ.

އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ދެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި މިހާރު ހިގަމުންދާ އެއްބަސްވުން ތަކަކީ މަޖިލީހުގެ ރައީސްގެ ޙައިޘިއްޔަތުން އެމަނިކުފާނު ފަޚްރުވެރިވެ ވަޑައިގަންނަވާ އެއްބަސްވުންތަކެއް ކަމުގައި ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް އެކިއެކި ދާއިރާތަކުން ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު ދެންނެވި އެވެ.

23 ޞަފަރު 1432

27 ޖެނުއަރީ 2011